ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ކޯޗު ކުޅުންތެރިޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ފުލުހުންގެ އިދާރާ އިން ދަނީ ތަހުގީގު ކުރަމުންނެވެ. އެހެންނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް އަދި ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބަލަމުން ދަނީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހުމަދުގެ މައްސަލައެކެވެ. އޭނާގެ މައްސަލަ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވެސް ބަލަމުން އަންނާތީ ޒިންމާތަކުން ވަނީ އެކަހެރި ކޮށްފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި