މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ގަލޮޅު ސިޓީ ޕާކު އަލުން ފަރުމާކޮށް، މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ޕާކު ތަރައްގީކޮށްފައިވަނީ ތުރީ-އޮން-ތުރީ ބާސްކެޓްބޯޅަ ކުޅޭނެ ތަނަކާއި، ބެޑްމިންޓަން ކޯޓެއްގެ އިތުރުން ބޭރުގައި ކަސްރަތު ކުރެވޭނެ ޖިމަކާއި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދަކާ އެކުގައެވެ. މީގެ އިތުރުން އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ހިތްފަސޭހަ ތަންތަން ވެސް މި ޕާކުގައި ވަނީ ގާއިމްކޮށްފައެވެ.
މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން ބަންދުކޮށްފައި އޮތް މި ޕާކު، 2024 ވަނަ އަހަރު އާ ފަރުމާއަކަށް ނިންމައި އާންމުންނަށް ހުޅުވާލެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕާކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ކަސްރަތު ކުރުމަށާއި، އަރާމުކޮށްލުމުގެ އިތުރުން ތަފާތު ހަރަކާތްތައް ބޭއްވުމަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މޭޔަރު ވިދާޅުވީ، އޭނާގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މާލޭގައި ހުރި ހުސް ޖާގަތައް ބޭނުންކޮށްގެން ރައްޔިތުންނަށް ހިތްފަސޭހަ މައިޒާންތަކެއް ބިނާކޮށްދިނުމަށް ކަމަށެވެ. އަދި ޕާކު ބޭނުންކުރާ ހުރިހާ ފަރާތްތަކުން އެތަނުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި