ގ. ކަންޒުދޮށުގޭގެ އަނބު ގަހުން 127 އަނބު ބިން މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މުހައްމަދު ނަސީރު ނަމަކަށް ކިޔާ މީހާގެ މައްޗަށް އުފުލާފައި ވަނީ ވައްކަން ކުރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
ދައުލަތުން އެދުނީ އޭނާގެ ކުށަށް އިއުތުރާފުވެފައި ވާތީ އަދަބު އެއް ދަރަޖަ ލުއި ކުރުމަށެވެ. އެކަމަކު އޭނާއަކީ ކުށުގެ ރިކޯޑު އޮތް މީހަކަށް ވާތީ އަދަބު ދެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށްވެސް ބުންޏެވެ.
ނަސީރު ވަނީ އޭނާގެ އަދަބު ލުއި ކޮށްދިނުމަށް އެދިފައެވެ. އެކަމަކު ޝަރީއަތުން ނިންމީ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ