މިދިޔަ މަހުވެސް ރާއްޖޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ނޮވެމްބަރު މަހު ޑެންގީ ޖެހިގެން 382 މީހަކު ރިޕޯޓު ކޮށްފައިވާ ކަމަށާއި ޑިސެމްބަރު މަހު އެ އަދަދު 413 އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓްކުރީ 28،619 މީހުން ކަމަށެވެ. އަދި ނޮވެމްބަރު މަހު 32،859 މީހެއް ކަމަށެވެ. މިދިޔަ މަހު ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދަކީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މަދު އަދަދެކެވެ.
މިދިޔަ މަހު އިންފްލުއެންޒާއަށް 560 ޓެސްޓެއް ހެދިއެވެ. އެޗްޕީއޭ އިން ބުނީ އޭގެ ތެރެއިން 152 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ