ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި، މާލޭ މޭޔަރުކަމުގެ ޓިކެޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މިހާރުވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމް ޓިކެޓު ކަށަވަރު ކުރެއްވީ އޭނާއާ ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަކުރައްވާ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އާދަމް އާޒިމް ވަނީ ހާހަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓުލާފައިވާ މީހުންގެ ގާތްގަނޑަކަށް 60 ޕަސެންޓު މައްޗެވެ.
މާލޭ މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރެއްވި މި ދެ ބޭފުޅުންނަކީ މި ޕްރައިމަރީގައި އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރެއްވި ދެ ބޭފުޅުންނެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް