މޫނުގެ ހަންގަނޑު ރީތިކުރުމަށާއި ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ ބޭސް ވިއްކަމުން އަންނަ އޮންލައިން ޕޭޖުތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ.
މީގެ އިތުރުން، އިމްޕޯޓްކުރާ ހުރިހާ ބޭހަކީވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުމަށް އެ އޮތޮރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަށް ވާންޖެހޭނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެއެވެ.
ނަމަވެސް މިހާރަކަށް އައިސް، ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް، އެތެރެކޮށް ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ، ސެމަގްލުޓައިޑަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަ ތަކުގައި ބޭނުންކުރާ އަޒެލައިކް އެސިޑަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއްކަމަށް ބުނެ އޮންލައިން ޕޭޖް ތަކުގައި އިޝްތިހާރުކޮށް، ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ ބޭސް ތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭސްތަކެއް ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.
"ވީމާ، މިއޮތޯރިޓީއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ،" އެމްއެފްޑީއޭ އިން ބުންޏެވެ.
އަދި ފާމަސީ ތަކުންވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީ އަށް ކަމަށްވެސް ބުންޏެވެ. ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދާއި ނުލައި އެފަދަ ބޭސް ބޭނުން ކުރުމުން، ހީވެސް ނުކުރާފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ