ޔޫރަޕިއަން ޔޫނިއަނާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށާއި، ނަމަވެސް އެކަން މުޅިން ނިންމާލުމަށްޓަކައި އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަަ ލޭޔަން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ދާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ދެއްވި ތަގުރީރެއްގައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ، "އަދިވެސް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި. ނަމަވެސް އަޅުގަނޑުމެން މިތިބީ ތާރީޚީ ވިޔަފާރީގެ އެއްބަސްވުމެއްގެ ދާދި ގާތުގައި. ބައެއް ފަރާތްތަކުން މިއީ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއްބަސްވުމުގެ ގޮތުގައި ސިފަކުރޭ. މިއީ ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ، 2 ބިލިއަން މީހުންގެ މާކެޓެއް އުފެދިގެންދާނެ އެއްބަސްވުމެއް،" މިހެންނެވެ.
ޔޫރަޕިއަން ޔޫނިއަނާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރުއިންޑިއާ އާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި ދެ ގައުމުންވެސް އަމަލީގޮތުން ބައިވެރިވަމުންދާ ކަމަށް، އެމެރިކާއިން އިންޑިއާއަށް ކަނޑައެޅުއްވި އާ ސަފީރު ސާޖިއޯ ގޯ، ވަނީ ދާދިފަހަކުން ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ