ޔޫރަޕުން ބިރުދެއްކުންތަކަށް ދޫނުދޭނެ ކަމަށާއި، ބިރުގަނެގެން ފަހަތަށް ނުޖެހޭނެ ކަމަށް ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
މެކްރޮން މިހެން ވިދާޅުވީ، ޔޫރަޕުން ގްރީންލޭންޑް އޭނާގެ ބާރުގެ ދަށަށް ގެންދިއުމަށް ފުރުސަތު ނުދީފިނަމަ، ބޮޑެތި ޓެރިފްތަކެއް (އިމްޕޯޓް ޑިއުޓީ) ކުރިމަތިކުރާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޔޫރަޕްގެ އެހެން ލީޑަރުން އެޓްލާންޓިކްގެ ދެބަޔަކަށް ބެހިފައިވާ މި ދެބަސްވުން އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި މަޑުމައިތިރި ރޫހެއް ގެންގުޅުއްވި ނަމަވެސް، މެކްރޮން ނިކުންނެވީ ވަރަށް ވަރުގަދަ ރައްދަކާއެކުގައެވެ.
ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވީ، ފަރަންސޭސިވިލާތާއި ޔޫރަޕުން "ބާރުގަދަ މީހާގެ ގާނޫނަށް" ހިމޭނުން ތިބެ އަމަލެއް ނުކުރާނެ ކަމަށެވެ. އަދި އެނޫން ގޮތަކަށް އަމަލުކުރުމަކީ އެ ގައުމުތައް އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އޭގެ ބަދަލުގައި، ދުނިޔޭގެ އުސޫލުތައް ނެތިދާ ފަދަ މިސްރާބަކަށް ދުނިޔެ ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެ، ޔޫރަޕުން ސަރަހައްދީ މިނިވަންކަމާއި ގާނޫނީ އިމުގެ ތެރެއިން ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އީޔޫއިން ރައްދުގައި ވިޔަފާރީގެ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންވެސް ހިމެނިދާނެއެވެ.
"އަޅުގަނޑުމެން އިސްކަންދެނީ ބިރުދައްކާ މީހުންނަށްވުރެ އިހުތިރާމަށް،" މެކްރޮން ވިދާޅުވިއެވެ.
"އަދި އަނިޔާވެރިކަމަށްވުރެ ގާނޫނީ ހަމަތަކަށް އަޅުގަނޑުމެން އިސްކަންދެން." ތަގުރީރު ކުރެއްވި އިރު އަވި އައިނެއް އަޅުއްވައިގެން ހުންނަވާ މެކްރޮން ވިދާޅުވިއެވެ. [ނޯޓް: އެލީޒީ ޕެލަސް އިން ބުނި ގޮތުގައި މެކްރޮން އަވި އައިނެއް އަޅައިގެން ހުންނެވީ އެއީ ލޮލުގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ލޯ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް]
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ