އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން، އިންޑިއާގެ އެންމެ ފަގީރު ސްޓޭޓަށް ނިސްބަތްވާ، އަދި އެހާމެ ބޮޑު މަގުބޫލުކަމެއް ނެތް ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެ ޕާޓީގެ އެންމެ ޒުވާން ރައީސްގެ ގޮތުގައި އަންގާރަ ދުވަހު ހޮވައިފިއެވެ.
މިއީ ޒުވާން ވޯޓަރުންގެ ތާއީދު ދެމެހެއްޓުމަށްޓަކައި އެ ޕާޓީން ގެނައި ޖީލީ ބަދަލެއްގެ ގޮތުގައި ރިޕޯޓުތައް ބުނެފައިވެއެވެ.
އުމުރުން 45 އަހަރުގެ ނިތިން ނަބީން އެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި އުމުރުން 65 އަހަރުގެ ޖޭ.ޕީ ނައްޑާގެ ބަދަލުގައެވެ.
މިއީ ސްޓޭޓްތަކުގެ މުހިންމު އިންތިހާބުތަކެއް ބޭއްވުމަށް މަދު މަސްތަކަކަށް ވެފައި ވަނިކޮށް ގެނައި ބަދަލެކެވެ. އޭގެ ތެރޭގައި ބީޖޭޕީން މިހާތަނަށް ދުވަހަކުވެސް ކާމިޔާބު ނުކުރެވޭ، ނަމަވެސް އެ ޕާޓީން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގެ އިންތިހާބު ވެސް މީގެތެރޭގައި ހިމެނެއެވެ.
އިރުމަތީގެ ބިހާރު ސްޓޭޓުން ފަސް ދައުރު މެންބަރުކަން ކުރައްވާފައިވާ ނަބީން، ޕާޓީގެ 12 ވަނަ ރައީސްގެ ގޮތުގައި އިންތިހާބުވީ އިންތިހާބަކާއި ނުލައެވެ. އޭނާގެ ނަން ހުށަހެޅުއްވީ މޯދީ އާއި ޕާޓީގެ އެހެން އިސްވެރިންނެވެ.
ނިއު ދިއްލީގައި ހުންނަ ޕާޓީގެ މައި މަރުކަޒުގައި، ނަބީން އަށް ބީޖޭޕީގެ ރައީސްކަން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯދީ ވަނީ ވާހަކަދައްކަވާފައެވެ.
"ޕާޓީގެ ކަންކަމަށް ބަލާއިރު، އަހަރެންނަކީ މަސައްކަތްތެރިއެއް، އަދި އޭނާއަކީ [ނަބީން] އަހަރެންގެ ބޮސް،" ތިން އަހަރުގެ ދައުރެއް އަދާކުރައްވާނެ ނަބީންއަށް އިޝާރާތް ކުރައްވައި، އުމުރުން 75 އަހަރުގެ މޯދީ ވިދާޅުވިއެވެ.
ނަބީން ދެއްވި ތަގުރީރުގައި، މޯދީއަކީ ޖީލެއްގެ ލީޑަރެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވައި ތައުރީފު ކުރެއްވިއެވެ. އަދި ސިޔާސީ ދާއިރާގައި އަމަލީ ގޮތުން ބައިވެރިވުމަށް ޒުވާނުންނަށް އިލްތިމާސް ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ