ކުރިޔަށް އޮތް ރަމަޟާން މަހު ސްކޫލުތަކުގައި ކިޔަވާ ދޭނީ ފުރަތަމަ ހަފްތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސްކޫލުތައް ބޮޑު ޗުއްޓީއަށް ބަންދުވިއިރު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރު އާއްމު ކޮށްފައެވެ.
އެ ކަލަންޑަރުގައިވާ މިމަހުގެ 27ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން އަލުން ފެށުމަށްފަހު ކިޔެވުން ކުރިޔަށް ގެންދަނީ އެއްމަސް ދުވަހަށެވެ. އެ މަހުގެ ކިޔަވާ ދޭ ފަހު ހަފްތާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާއެވެ. އެއަށްފަހު
އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހަކީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) އަށް ހާއްސަކޮށްފައިވާ ދުވަހެކެވެ. މި ހަރަކާތްތައް އެ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، އެ މުއްދަތުގައި ކުދިން ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މާޗް 9 އިން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައެއް ފެށޭނެއެވެ. ސަރުކާރުން އެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ މުއްދަތުގައި ވެސް ދަރިވަރުންނަށް ކިޔެވުން ނޯންނާނެއެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދިމާވަނީ މާޗް 20 ވަނަ ދުވަހަށެވެ. އީދާއި ރޯދަ މަހުގެ ބަންދަށްފަހު އަލުން ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ