ސަރުކާރުން ހިލޭ ބެހުމަށް ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހު ބަހަން ފެށުމަށް ނިންމައިފިއެވެ.
މިއަހަރުގެ ރޯދަމަހާ ދިމާކޮށް ސަރުކާރުން ދޭ ހަދިޔާ ބެހުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު މަސްދަޅު ކޭސްތައް ދޫކުރަން ފެށުމުގެ ކުރިން ކިއު ނަންބަރު ނުވަތަ ޓޯކަން ހޯދަން ޖެހޭނެ ކަމަށެވެ. މިކަމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 އިން 23:00 އަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ގެތަކަށް މަސްދަޅު ކޭސްތައް ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން މަސްދަޅު ދޫކުރުމަށް ޖުމްލަ 15 ތަނެއް ވަނީ ކަނޑައަޅާފައެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި، ހުޅުމާލޭގެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ އެއް މަރުކަޒެވެ.
ފާއިތުވި އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ މުޅި ރާއްޖޭގެ ގޭބިސީތަކަށް ޖުމްލަ 118,673 މަސްދަޅު ކޭސް ބަހާފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ގޭބިސީތަކަށް ދޫކުރި 56,918 ކޭހާއި، އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވި 60,755 ކޭސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ