އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް މިއަދު ފަށައިފިއެވެ.
މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ގުޅިގެންނެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހަރޑްވެއަރ އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރި ތަކުން ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ ގެ ވައުޗަރެއް، 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000ރ ގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ