ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންގެ މަންފާއަށް ދެގައުމު އެކުގައި ކުރާ މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ ފާހަގަކުރި އިންޑިއާގެ 77ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މޯދީ ވިދާޅުވީ އިންޑިއާގެ 77ވަނަ ޖުމްޙޫރީ ދުވަހުގެ މުނާސަބަތުގައި އަރިސް ކުރެއްވި ހޫނު ތަހުނިޔާ އާއި ހެޔޮއެދުން އިހްތިރާމާއިއެކު ބަލައިގަންނަވާ ކަމަށެވެ.
"ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި އެކުގައި މިކުރާ މަސައްކަތް ކުރިއަށްގެންދާނަން. އެންމެހާ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތީ އުފާވެރި ފާގަތި ދުވަސްތަކެއްކަމުގައި އެދެން،" މޯދީ ވިދާޅުވިއެވެ.
އިއްޔެ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޖުމްހޫރީ ދުވަހަކީ، މިނިވަންކަމާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމަށް އިންޑިއާއިން ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1950 ވަނަ އަހަރު، އެ ގައުމުގެ ގާނޫނު އަސާސީ ތަންފީޒުކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ