ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ވަރަށް ކުރު މުއްދަތެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އިލެކްޝަނުން ދީފައި ވަނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.
"ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފުކުރުމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، މިއީ ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަގަކޮށް، މިކަމުގެ ސަބަބުން އެތައް ބަޔަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޑީޕީން ކޮށްފައިވާ ޕޯސްޓުގައި ބުންޏެވެ.
އެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ އެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 17 އިން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް