ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން އެމީހާ ހޯދަން އިއުލާން ކުރިތާ މާގިނައިރުތަކެއް ނުވަނީސް އެމީހާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ހޯދަމުން ދިޔައީ ފުވައްމުލަކު ދޫޑިގަން އަވަށަށް ނިސްބަތްވާ ދުންފުނިގޭ / އުމުރުން 64 އަހަރުގެ އަބްދުލްއަޒީޒު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ މަސައްކަތް ކުރަނީ މުދާ އުފުލާ ދޯނި ފަހަރުގައި ކަމާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އޭނާގެ އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އަބްދުލްއަޒީޒު މުހައްމަދު، އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅު ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ