ބަލިމީހުން ފަރުވާ ހޯދުމަށް ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން މާލޭގައި އިތުރު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރިޔަށް ގެންދަވާ "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ދަމަނަވެއްޓަކީ މިހާރުވެސް ޕްރައިމަރީ ހެލްތު ކެއާގެ ހުރިހާ ހިދުމަތްތަކެއް ލިބޭ ތަނެއް ކަމަށެވެ. އެހެންނަމަވެސް އެތަނުގައި ޖެނެރަލް ޕްރެކްޓިޝަނާއެއްގެ ދައުރު އެންމެ ފުރިހަމައަށް އެތަނުގައި އަދާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކުރީގެ ތެލަސީމިއާ ސެންޓަރުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށްފަހު ދަމަނަވެއްޓާއި ގުޅާލައިގެން އެތަނުގައި އިތުރު ޖީޕީ ކްލިނިކެއް ގާއިމް ކުރުން ކަމަށެވެ. އެ މަސައްކަތް މިހާރުވެސް ކުރިޔަށް ގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގައި ގާއިމްކުރާ ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. މިފަދަ ކްލިނިކުތަކުގެ މައިގަނޑު ބޭނުމަކީ އެ ކްލިނިކަށް ޒިޔާރަތްކުރާ ބަލިމީހުންގެ ސިއްހީ ކަންކަން ބަލައި، އިތުރަށް ހާއްސަ ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ކަމާގުޅޭ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ބައްދަލުކުރެވޭނެ ލުއިފަސޭހަ މަގުތަކެއް އެތަނުން ފަހިކޮށްދިނުމެވެ.
މިފަދަ ހަ ކްލިނިކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ގާއިމް ކުރުމަށް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ