ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާ ކުރަމުންދާއިރު އެ ބިލަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދުމަށް ކޮމެޓީން ނިންމައިފިއެވެ.
އެ ބިލު ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ނިންމީ ބިލާއި ގުޅޭ ގޮތުން މަޝްވަރާ ހޯދުމަށް ސިޔާސީ ޕާޓީތަކާއެކު އަންނަ މަހުގެ ދެވަނަ ދުވަހު ބައްދަލު ކުރުމަށެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ހުށަހެޅުމުގައި ބަންޑާރަ ނާއިބާއި އިލެކްޝަންސް ކޮމިޝަނާވެސް ބައްދަލުކުރުމަށް ހުށަހެޅިއެވެ. އެއަށްފަހު މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލިއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ