އަވަށްޓެރި އިންޑިއާގެ 2026-2027ގެ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީ 69 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުވެސް ރާއްޖެ އަށް އެގައުމުން ކަނޑައެޅި އަދަދެކެވެ.
މި އަދަދަކީ ވެސް 2025ވަނަ އަހަރާއި 2024ވަނަ އަހަރު އެގައުމުން ރާއްޖެއަށް ކަނޑައެޅި އަދަދަށްވުރެ ބޮޑު އަދަދެކެވެ. މީގެ ކުރީ ދެ އަހަރު އެގައުމުން ކަނޑައަޅާފައި ވަނީ 54 މިލިއަން ޑޮލަރެވެ.
ގައުމުތަކަށް އެހީވުމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ބަޖެޓު 25 ބިލިއަން ޑޮލަރު ހަމަޖައްސާފައިވާއިރު އެންމެ ބޮޑު އަދަދެއްގެ އެހީއެއް ދިނުމަށް އިންޑިއާ އިން ނިންމާފައިވާ ދެކުނު އޭޝިއާގެ ގައުމަކީ ބޫޓާނެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިންޑިއާއާއެކު މި ސަރުކާރުގެ ގުޅުން މާ ބޮޑަށް ރަނގަޅެއް ނޫނެވެ. ނަމަވެސް މިއަދު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ 2024ވަނަ އަހަރު އެގައުމަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
އެ ދަތުރުފުޅުގައި ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމާއި ގުޅޭ ގޮތުން އެ ދަތުރުފުޅުގައި މަޝްވަރާވެސް ކުރެވުނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ