ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކުރެވޭ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި މައްސަލަ ފެންމަތިވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވަނީ އިސްތިއުފާ ދެއްވައިފިއެވެ.
ޑރ. ވަހީދު މި މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެމަނިކުފާނު ނައިބު ރައީސް ކަމާއި ރައީސް ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ވެސް، ރާއްޖޭގެ ނާޒުކު އަދި ސިއްރު މައުލޫމާތުތައް އެޕްސްޓީންއާ ހިއްސާކުރެއްވި ކަމަށް ބުނެ ގިނަ ބަޔަކު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަމުންދަނިކޮށެވެ.
ޖިންސީ އެތައް ކުށެއްގެ ތުހުމަތުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އެޕްސްޓީންއާ ގުޅޭ މި މައުލޫމާތުތައް ހާމަވެފައިވަނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު އާންމުކުރި ލިޔެކިޔުންތަކުންނެވެ. މި ލިޔުންތަކުން އެނގޭ ގޮތުގައި، 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުގައި އެޕްސްޓީން ޖަލަށްލައި، އެއަށްފަހު މިނިވަންވި ފަހުން 2012 އިން 2015 އަށް ޑރ. ވަހީދާ އޭނާއާ ދެމެދު ގާތް މުއާމަލާތްތަކެއް ހިނގާފައިވެއެވެ.
މި މުއާމަލާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގިނަ އީމެއިލްތަކެއް ހިމެނޭއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ޑރ. ވަހީދު ފޮނުއްވާފައިވާ މެއިލްއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި