ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއްގައި ކަމަށާއި އެ ބޭނުމާއި ހިލާފަށް އޭގައި ހުރި ފައިސާ ބޭނުން ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއް ފުއްދުމަށް ކަމަށެވެ. އެއީ ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ 14 ޕަސެންޓު އެ ފަންޑަށް ޖަމާކުރުމަށް ކަމަށާއި އެ 14 ޕަސެންޓަކީ ވަޒީފާ އަދާކުރާ މީހާ ދޭ 7 ޕަސެންޓާއި ވަޒީފާ ދޭ ފަރާތުން ދޭ 7 ޕަސެންޓު ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
"ބޭނުމަކީ އެ ފައިސާ ރައްކާކޮށް، ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމެވެ. މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެކެވެ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ކޮންމެ މަހަކުވެސް ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި، ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓް ކުރަން ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދު ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާށެވެ. އަޅުގަނޑުމެން މިދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓޭށެވެ،" ނަޝީދު ވިދާޅުވިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ވަނީ ނިންމައިފައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން އައި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށް އެމަނިކުފާނު ރައްޔިތުންގެ ގާތު ވެވަޑައިގެންފައިވާ ވައުދާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ