ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މިހާރު ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް އަރްމޭނިޔާ އަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ.
މުންދު އަކީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެގޮތުން މުންދު އެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީންނެވެ. އެއަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމުގައި ވެސް ހުންނެވިއެވެ.
މުންދު ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް ޔާމީން ވެރިިކަމުގައި ސަރުކާރުގެ މުހިއްމު އަދި އިސް މަގާމުތަކެއް އަދާ ކުރައްވާފައެވެ.
މުންދުގެ އިތުރުންވެސް ބައެއް އެހެން ގައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ