ރައްޔިތުންގެ އިތުބާރަކީ ކުޅޭ ކުޅޭ އެއްޗަކަށް ނުހެއްދުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމްގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ސައުދާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު މިސްކިތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރާ އުނދަގޫތައް ހުއްޓާލަންޖެހޭ ކަމަށެވެ.
ސައުދާ ވިދާޅުވީ މިސްކިތްތައް ބެލުމަށް ސިޓީ ކައުންސިލުން ލާފައި ތިބޭ މުވައްޒަފުންނަށް ސިޓީ ކައުންސިލުން އިހުމާލުވަމުން އަންނަ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިއްބަވައިގެން، ދީނާއި މުގައްދަސް ބިނާތަކާ ގުޅުވައިގެން އިތުރުފުޅު ހައްދަވަން ފެއްޓެވުމަކީ ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫން ކަމަށެވެ.
"މެޗު ނުފެށެނީސް ތިޔަ ނެންގެވީ "ފަހު ކާޑު" ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނަހައްދަވާ މާތް ރަސްކަލާނގެ ތިޔަބޭފުޅުންނަށް ހެޔޮ މަގު ދައްކަވައި، ފާފަ ފުއްސަވާށި. އާމީން،" އާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ