ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ދެ ގައިދީން މަރުވި މައްސަލާގައި އެ ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފިއެވެ.
ހުޅުމާލެ ޖަލުގައި ހުއްޓާ މަރުވެފައި ވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / އުމުރުން 45 އަހަރުގެ ހަސަން ނިޔާޒާއިދަފްތަރު ނރ. 439 / އުމުރުން 53 އަހަރުގެ އިބްރާހިމް ސުހެއިލް ނަމަކަށް ކިޔާ މީހެކެވެ.
ކަރެކްޝަނުން ބުނެފައި ވަނީ ނިޔާޒު މަރުވީ މި މަހުގެ ދެވަނަ ދުވަހުއެވެ. އޭނާ އަށް އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އަދި 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
ސުހައިލް ނިޔާވީ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއްވީ ފަހުންނެވެ. އޭނާ ނިޔާވީ ނިއުމޯނިޔާ ޖެހިގެން ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
އޭނާ އަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއްވެސްމެއެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ހަށިގަނޑު އޮޓަޕްސީ ހެދުމަށް އިއްޔެގެ ވަގުތެއްގައި އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ