ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު ކުރިޔަށް އޮތް ފަސް ދުވަހު ވެސް ދަށް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މުޅި ރާއްޖެ އަށް ވައި ނުސާފެވެ. އަދި ދުރު ފެންނަ މިންވަރު ތން ކިލޯ މީޓަރަށްވުރެ ދުރު ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ވައި ނުސާފުވުމުގެ މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމި އޮންނާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކާއި، ބޭރުތެރޭގައި ގިނަވަގުތު ހޭދަކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ހިރަފުހާއި ދުމެވެ. މި ހިރަފުހާއި ދުމަކީ އަވަށްޓެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާ ހިމެނޭ ސަރަހައްދުން އަންނަ ހިރަފުހާއި ދުމެވެ. ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ