އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަލްއުސްތާޒު ރިފްއަތު އަބްދުﷲ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުން މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން ފެންނަ ކަމަށް 58 މެންބަރުން ވޯޓު ދެއްވި އެވެ.
ރިފްއަތަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިހާރު އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ރިފްއަތަކީ، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅުނު ނުފޫޒުގަދަ ގާނޫނީ މައްސަލަތަކުގައި އެ ކޮމިޝަންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވި ގާނޫނީ ބޭފުޅެކެވެ.
މީގެ ތެރޭގައި 2016 އާއި 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގައި އޭނާ ވަނީ ކޮމިޝަން ތަމްސީލުކޮށްދެއްވާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ހުށަހެޅުނު މައްސަލައިގައި ވެސް އޭނާ މަސައްކަތް ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ވަކީލެއްގެ ގޮތުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ