މަސްޖިދު ޔޫސުފުލް ބަރްބަރީ (ބަރުބަރީ މިސްކިތް) ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވީ މިއަދުގެ އަސުރުނަމާދު ވަގުތުގައެވެ.
ސަރުކާރުން، އަމިއްލަ ފަރާތަކާއި ހަވާލު ކޮށްގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްގީ ކޮށްފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައެވެ. މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތުގެ އެކި ސަރަޙައްދުތައް ބަލައްވާލައްވާފައެވެ.
ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްގީ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން އެކި ރަށްރަށުގައި ބިނާ ކޮށްފައިވާ ބައެއް މިސްކިތްތައް މި ރޯދަމަހާއި ދިމާކޮށްވެސް ވަނީ ހުޅުވާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި