ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވާ ކެމްޕެއިން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް މިއަދު ފައްޓަވައިފިއެވެ.
މިއަދު ރައީސް ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި އަދި މާފަންނު ހުޅަނގަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު އަރީޝަށް ތާއީދު ހޯއްދެއްވުމަށް އެ ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވައިފައެވެ.
ޕީއެންސީން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު މާލޭގެ އެކި ސަރަހައްދުތަކުގައި ދޮރުން ދޮރަށް ހަރަކާތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
ރައީސް މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް ދޮރުން ދޮރަށް ހަރަކާތް ފެއްޓެވިއިރު ރައީސްގެ އަނބިކަނބަލުން ސާޖިދާ އަންނަނީ ޖަގަހަ ހުޅުވުމުގެ ހަފްލާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ