އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026 ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހު ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ޙާއްސަކޮށްގެން އިންސާނިއްޔަތަށް އިސްކަންދޭ "މާނަވް" ތަސައްވުރު އިފްތިތާޙުކުރައްވައި، މަސްއޫލުވެރި އަދި އެންމެން ބައިވެރިވާ އޭއައި ތަރައްޤީގެ މައިގަނޑު ބާރަކީ އިންޑިއާ ކަމަށް ކަނޑައަޅުއްވާފައެވެ.
ދުނިޔޭގެ ލީޑަރުންނާއި ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، "...ދުނިޔޭގެ އެންމެ ތާރީހީ އޭއައި ސަމިޓަށް ތިޔަ އެންމެ ބޭފުޅުންނަށް މަރުހަބާ ކިޔަން... އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ މަސައްކަތްތެރިންގެ މަރުކަޒު... އޭއައި ސަމިޓް އިންޑިއާގައި ބޭއްވުމަކީ ގްލޯބަލް ސައުތަށް ލިބޭ ފަހުރެއް."
މި ސަމިޓުގައި ފަރަންސޭސި ރައީސް އިމަނުއަލް މެކްރޮން، ސްޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭޒް ޕެރޭޒް-ކަސްޓޭޖޯން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ، އޯޕަން އޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން، ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ ޑެނިސް ހަސާބިސް، ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން އެންޑް މެނޭޖިން ޑިރެކްޓަރު މުކޭޝް އަމްބާނީ އަދި މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުވަޒީރު މޯދީގެ ތަގުރީރުގެ މުހިންމު ބައެއް ނުކުތާއެއް:
- އާޓިފިޝަލް އިންޓެލިޖެންސްގެ ބަދަލުކުރުވަނިވި ބާރަށް އަލިއަޅުއްވާލައްވަމުން މޯދީ ވިދާޅުވީ، "އަސްލު ސުވާލަކީ މުސްތަޤުބަލުގައި އޭއައި އަށް ކުރެވޭނީ ކޮން ކަމެއްތޯއެއް ނޫން، އެއީ މިހާރު އޭއައި ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ. އޭއައި އަކީ ބަދަލުކުރުވަނިވި ބާރެއް. އެއީ އޭގެ މަޤްޞަދުތަކުން ކައްސާލައިފިނަމަ، އެއީ ހަލާކަށް މަގުފަހިވާނެ ކަމެއް، އަދި ރަނގަޅަށް ބޭނުންކޮށްފިނަމަ، އެއީ ހައްލުތަކެއް ލިބޭނެ ކަމެއް... އަޅުގަނޑުމެން އޭއައި އަށް ހުޅުވާލެވިފައިވާ އުދަރެހެއް ދޭންޖެހޭ، އެކަމަކު ހަމައެއާއެކު އޭގެ ކޮންޓްރޯލް އަޅުގަނޑުމެންގެ އަތްމަތީގައި ބާއްވަންޖެހޭ."
- އިންސާނުންނަކީ ހަމައެކަނި ޑޭޓާ ޕޮއިންޓްތަކަކަށް ހެދުމާ ދެކޮޅަށް އޭނާ އިންޒާރު ދެއްވައި، ޓެކްނޮލޮޖީ އެންމެންނަށް ލިބޭނެ ގޮތް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ. އޭއައި އަށް އިންސާނުންނަކީ ހަމައެކަނި ޑޭޓާ ޕޮއިންޓްތަކެއް ކަމަށާއި، މީހުންނަކީ ހަމައެކަނި ރޯ މެޓީރިއަލްއަކަށް ވިޔަނުދިނުމަށްޓަކައި އޭއައި އަކީ އެންމެންގެ ބައިވެރިވުން އޮންނަ އެއްޗަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް ގްލޯބަލް ސައުތުގައި އެންމެން ބައިވެރިކުރުމާއި ބާރުވެރިކުރުވުމަށް އެއީ މަގުފަހިކޮށްދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް