ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ހިދުމަތް ލިބެމުންދާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެކްސްގައި މިއަދު ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީހުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ހިދުމަތްދީފައިނުވާ ކަމަށެވެ.
ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ހިދުމަތްދީ، 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ހިދުމަތް ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެންހުރި ހިދުމަތްތައް ހަރުދަނާކޮށް، ލުއި ގޮތްތައް ފަހި ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް