އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުމެއް އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ވަނީ އިއުލާން ކޮށްފައެވެ. އެއްވުން އޮންނާނީ އަންނަ މާޗު މަހުގެ 21ވަނަ ދުވަހު ކަމަށްވެސް އެޕާޓީން ބުންޏެވެ.
މީގެއިތުރުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ނެގުމަށް ނިންމާފައިވާ ރިފަރަންޑަމް ވޯޓު ހުއްޓުވުމަށް ކޯޓަށް ދިއުމަށްވެސް އެމްޑީޕީން ވަނީ ނިންމައިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި، އެކަމަށްޓަކައި ގާނޫނަށް ގެނެވުނު އިސްލާހުތަކާ ފުށުއަރާ ކަންތައްތަކެއް އެބަހުއްޓެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ގާނޫނީ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އެމްޑީޕީގެ ފަރާތުން މިއަދުގެ ވަގުތެއްގައި މި މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުން ހުއްޓުވުމުގެ މަގްސަދުގައި އެމްޑީޕީން ގިނަގުނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ކެމްޕޭންތަކުގެ އިތުރުން، އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއެއް ނުވަތަ އެއްވުމެއް ހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ތަސްދީގުކޮށް ފާސްކޮށްފައިވަނީ މި ހިނގާ މަހުގެ 10 ވަނަ ދުވަހުއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް