މާލެ ސިޓީގެ އިހުތިސޯސުގައި ހިމެނޭ ރަށެއްގެ ގޮތުގައި އާރަށް ލާން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލަށް، މާފަންނު އުތުރު ދާއިރާ އިން ނިކުންނަ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ފުރުޝާން (ފުރޫ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި "ހަރުގެ ޖަލްސާ"ގައި ވާހަކަދައްކަވަމުން ފުރޫ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކާއި އެބޭފުޅާގެ އާއިލާ ޗުއްޓީ ހޭދަ ކޮށްލުމަށް ހާއްސަކޮށް ތަރައްގީ ކޮށްފައިވާ އާރަށަކީ މާލެ ސިޓީގއ އިހުތިސޯސުގައި ހިމެނޭ ތަނެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.
ފުރޫ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މޫދަށް އެރި އާއިލާއާއެކު ހިތްހަމަ ޖައްސާލަން ދާން އޮންނަނީ އާޓްފިޝަލް ދެ ބީޗު ކަމަށާއި ހިތްފަސޭހަ ރީތި ގޮނޑުދޮށެއް ކިރިޔާވެސް އޮންނަނީ ހުޅުމާލޭގައި ކަމަށެވެ.
"ކީއްވެގެންތޯއޭ މާލެ ސިޓީގެ އިހުތިސޯސުގެ ތެރެއަށް އާރަށް ނުލެވޭންވީ. ބައްލަވާ ރައީސުލްޖުމްހޫރިއްޔާ ސީޕްލޭންގައި ފުރައިގެން ދެވޭނެ ދުރަށް، ރައްޔިތު މީހާ އަކަށް އެފޯޑެއް ނުކުރެވޭނެ،" ފުރޫ ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވަނީ މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ކައުންސިލަރުން އިންތިހާބުވެއްޖެ ނަމަ، މާލެ ސިޓީ އަށް ނަފާ ވަންނަ ގޮތަށް މާލެ ސިޓީގެ އިހުތިސޯސުގެ ތެރެއަށް އާރަށް ވެއްދުމަށް ހުށަހަޅުއްވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުންވެސް ރޭގެ ޖަލްސާގައި އޭނާ ވަނީ ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް