ޑޮލަރުގެ އަގު އުފުލިފައިވާ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެކްސްޗޭންޖް ރޭޓް މުޅިން "ފްލޯޓް" ކޮށްލުން ނުވަތަ ބާޒާރުގެ އަގަށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރުފިޔާގެ އަގު ރަސްމީކޮށް ދަށްކޮށް، ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ބަދަލުކުރި ނަމަވެސް، އެ ރޭޓުގައި ބޭންކުތަކުން ޑޮލަރު ލިބެން ނެތް ނަމަ ކަޅު ބާޒާރު އިތުރަށް ގަދަވެގެންދާނެ ކަމަށެވެ.
"ރާއްޖެއަށް ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް، ދޫކޮށްލުން. ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުން،" ނަޝީދު ލިޔުއްވާފައިވެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރަސްމީ ރޭޓުގައި ޑޮލަރެއްގެ އަގު 15.42 ރުފިޔާގައި ހުރި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުރި ދަނޑިވަޅެއްގައެވެ.
މިހާރުގެ ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭރު ފައިސާއާ ބެހޭ އައު ގަވާއިދުތަކެއް ތައާރަފުކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ ޑޮލަރު އާމްދަނީ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ