މާލެ ސިޓީ ކައުންސިލްގެ ޖަލްސާތަކަަށް ޑެޕިއުޓީ މޭޔަރު އަހްމަދު އަރީޝަށް ލިޔުމުން ނަސޭހަތް ދީފިއެވެ.
އަރީޝަށް ނަސޭހަތްދީފައި ވަނީ ލިޔުމުންނެވެ. އެ ލިޔުމުގެ ކޮޕީއެއް "ހަތާވީސް" އަށް ވަނީ ލިބިފައެވެ. އަދި އެ ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށްވެސް މި ނޫހާ ވާހަކަދެއްކެވި ބައެއް ކައުންސިލުން ކަށަވަރު ކޮށްދެއްވިއެވެ.
އެ ލިޔުމުގައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު އަރީޝް ވަނީ 8 ޖަލްސާ އަކަށް ހާޒިރުނުވެއެވެ. އެހެންކަމުން ކުރިޔަށް ހުރި ޖަލްސާތަކަށް ހާޒިރުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން އެފަދަ ކަމެއް ދެން ތަކުރާރު ނުކުރެއްވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ އިތުރު އިންޒާރަކާއި ނުލާ ފިޔަވަޅު އަޅައިދިނުމަށް އެދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އަށް ފޮނުވޭނެ ކަމަށްވެސް ޑެޕިއުޓީ މޭޔަރަށް ފޮނުވާފައިވާ ނަސޭހަތުގެ ސިޓީގައިވެއެވެ.
ކައުންސިލްތަކުގެ ހިންގުން ކުރިޔަށް ގެންދަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އެކުލަވާލާފައި އޮންނަ އިޖުރާއީ ގަވާއިދެއްގެ މައްޗަށެވެ. އެ ގަވާއިދުގައި ކައުންސިލަރުންނާއި މެދު އަޅާނެ ފިޔަވަޅުތައް ބަޔާން ކޮށްފައިވެއެވެ.
އެ ގަވާއިދުގެ 60ވަނަ މާއްދާގައި ވަނީ ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީއެންމެ އަވަސް ފުރުސަތެއްގައި، ކައުންސިލުގެ ރައީސަށް ނުވަތަ މޭޔަރަށްއެކަން އަންގަންވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް