މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފިއެވެ.
އެކަން ފުލުހުންގެ ފަރާތުން ޒާޔާއަށް އިއްޔެގެ ވަގުތެއްގައި ވަނީ އަންގައިފައެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ، އޮކްޓޫބަރު ތިންވަނަ ދުވަހު ބޭއްވި އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިލާފު އެއްޗުމެއް ކަމަށެވެ. އަދި އެ އެއްވުމުގައި އާއްމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ހުރަސް އަޅާފައިވާ ކަމަށްވެސް ބުންޏެވެ.
އެ އެއްވުމުގެ ތެރެއިން ޒާޔާ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންކަމުން އޭނާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މައްސަލާގައި ދައުވާ ކޮށްދިނުނަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ޒާޔާ އަށް ފޮނުވި ލިޔުމުގައިވެއެވެ.
އެކަމާއި ގުޅިގެން ޒާޔާ ވިދާޅުވީ 3 އޮކްޓޫބަރުގައި އެމްޑީޕީން ބޭއްވި ސުލްހަވެރި އެއްވުމުގައި އޭނާ ކުށެއް ކޮށްފައި ނުވާއިރު ނުކުރާ އެތައް ކުށެއްގެ ގާނޫނީ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައި ފުލު ފުލުގައި ޗިޓުފޮނުވައިގެން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައި ފޮޓޯ ނަގާފައިވާ ކަމަށެވެ.
އަދި އެވަރުން ނުފުދިގެން އެމައްސަލައިގަ ދައުވާކުރުމާމެދު ގޮތެއް ކަނޑައެޅުމަށް އެދި ޕުރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށް އަންގާ ފުލުހުން ލިޔުން ފޮނުވާފައިވާ ކަމަށް ޒާޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުގައި ހައްގު ބަސްބުނާތީވެ އެހެން ފޮނުވާލާ ޗިޓަކަށް އަދި ލިޔުމަކަށް ނުގުޑާނެ ކަމަށްވެސް ޒާޔާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް