އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގެ ތެރޭގައި، އެ ގައުމުގެ ދެކުނުގައި އޮންނަ މީނާބް ކައުންޓީގެ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް މިސައިލް ހަމަލާއެއް އަމާޒުވެ، 51 ދަރިވަރުން މަރުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ރިޕޯޓްކުރާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު "ޝަޖަރޭ ތައްޔިބާ" އެލެމެންޓްރީ ސްކޫލަށް ދިން ހަމަލާއެއްގައެވެ. އެ ހަމަލާގައި އިތުރު 60 ކުދިން ޒަހަމްވެފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ސީރިއަސް ކަމަށް މީނާބް ކައުންޓީގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސައިލް ހަމަލާ އަމާޒުވުމުގެ ސަބަބުން ސްކޫލްގެ ބޮޑު ބައެއް ވަނީ ބިމާ ހަމަވެފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ މިއީ "ލާއިންސާނީ ގަތުލުއާންމެއް" ގޮތުގައި ސިފަކޮށް، މުޅި ދުނިޔެއިން މިކަން ކުށްވެރިކުރުމަށް ގޮވާލާފައެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އީރާނަށް ދެމުންދާ މި ހަމަލާތަކަކީ، އީރާނުގެ ނިއުކްލިއާ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ