މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އީރާނާއި ގަލްފު ސަރަހައްދުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު ހިޔާރުކުރުމަށް އިންޑިއާއިން ގޮވާލައިފިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އިންޑިއާ އިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ހަމަނުޖެހުންތައް އިތުރުވިޔަނުދީ، ކެތްތެރިކަން އިސްކުރުމަށާއި، ކޮންމެ ފަރާތަކުން ވެސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.
"އަޅުގަނޑުމެން ބާރުއަޅަނީ ޑިޕްލޮމެސީ އާއި މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ސުލްހަވެރި ހައްލެއް ހޯދުމަށް. ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމައަށް އިހުތިރާމްކުރަންވާނެ،" އިންޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންގެ ސަލާމަތާ ގުޅޭގޮތުން ވެސް އެ ގައުމުން ވަނީ ޚާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އީރާނާއި ގަލްފުގެ ގައުމުތަކުގައި ހުންނަ އިންޑިއާގެ މިޝަންތަކުން ދަނީ އެ ސަރަހައްދުގައި ތިބި އިންޑިއާ މީހުންނާ ގާތުން ގުޅުން ބާއްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެމުންނެވެ.
އެމްބަސީތަކުން ވަނީ އިންޑިއާގެ ރައްޔިތުން ސަލާމަތީ ކަންކަމަށް ނުހަނު ސަމާލުވުމަށާއި، ކަމާބެހޭ ފަރާތްތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އަންގާފައެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތްއިރު، އިންޑިއާ ފަދަ ސަރަހައްދީ ބޮޑު ބާރަކުން މަޝްވަރާއަށް ގޮވާލުމަކީ މަސްރަޙު ފިނިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި މާހިރުން ދެކެއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް