އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދީ، މެދުއިރުމަތީގެ މަސްރަޙު ހަނގުރާމައަކަށް ބަދަލުވުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އެ ސަރަހައްދަށް ކުރާ ދަތުރުތައް ވަގުތުން ހުއްޓާލައިފިއެވެ.
މިގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އާއި، ގަތަރު އެއާވޭސް، އެއާ އިންޑިއާ، އަދި އިންޑިގޯ އިން ވަނީ މެދުއިރުމަތީގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް މިއަދު މެދުކަނޑާލާފައެވެ. މީގެ އިތުރުން ލުފްތަންސާ އާއި އެއާ ފްރާންސް ފަދަ ޔޫރަޕްގެ އެއާލައިންތަކުން ވެސް ދަނީ އެ ސަރަހައްދުގެ ވައިގެ މަގު ބޭނުންކުރުން ހުއްޓާލަމުންނެވެ.
ޔޫއޭއީ، ގަތަރު، އިރާގު އަދި އީރާނުގެ ވައިގެ ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. ގަތަރުގެ ހަމަދު އިންޓަރނޭޝަނަލް އެއާޕޯޓާއި ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އެއާލައިންތަކުން ބުނަނީ ދަތުރުތައް އަލުން ފަށާނީ މަސްރަޙު ދިރާސާކުރުމަށްފަހު ކަމަށެވެ.
މި ނިންމުމާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑު ބުރޫއެއް އަރާފައިވާއިރު، ޓްރާންސިޓް ފަސިންޖަރުން ވަނީ އެކި އެއާޕޯޓްތަކުގައި ތާށިވެފައެވެ. އެއާލައިންތަކުން އިލްތިމާސްކުރަނީ ދަތުރުކުރުމުގެ ކުރިން ފްލައިޓްގެ ސްޓޭޓަސް ޗެކްކުރުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ