ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ލާއިންސާނީ އެތައް އަނިޔާތަކެއް ދެމުން އަންނަ އިޒްރޭލަކީ "ޓެރަރިސްޓު" ގައުމެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަ ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އެމަނިކުފާނަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ވަކި ގައުމެއް ހަމަލާ ދިނުން ކުށްވެރި ނުކުރައްވަވާ އީރާނުން ވެސް އެކިއެކި ގައުމުތަކަށް މި މައްސަލާގައި ހަމަލާ ދިނުން ވެސް ގޯސް ކުރައްވަވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގެއްލުން ލިބެމުން އަންނަ އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅާ ރާއްޖޭން އޮތީ އެ ގައުމުތަކާއެކުކަން ހާމަ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އީރާނުގެ ރެޑް ކްރެސެންޓާއި ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް 201 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 747 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް