އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ އަސްކަރީ މަނަވަރަކަށް އެމެރިކާގެ ނިއުކްލިއަރ ސަބްމެރިންއަކުން ޓޯޕިޑޯ ހަމަލާއެއްދީ، އެ މަނަވަރު ފައްތާލައިފިއެވެ.
ސްރީލަންކާގެ ގޯލްއާ 44 މޭލު ބޭރުން ހިނގި މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގި އެންމެ ނުރައްކާތެރި އަސްކަރީ ކުރިމަތިން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އީރާނުގެ މި މަނަވަރަށް ހަމަލާދީފައިވަނީ އެމެރިކާގެ ސަބްމެރިންއަކުން ފޮނުވާލި ހެވީވޭޓް ޓޯޕިޑޯއަކުންނެވެ. މި ހަމަލާގައި މަނަވަރު ވަގުތުން ގޮވައި، ކަނޑުގެ އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި 180 ސިފައިންގެ ތެރެއިން 82 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްރީލަންކާގެ ނޭވީން ހިންގި ސަލާމަތީ އޮޕަރޭޝަނެއްގައި 32 މީހަކު ސަލާމަތްކުރެވުނު ނަމަވެސް، 100 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފައެވެ.
ޕެންޓަގަންގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ ސަބްމެރިންއަކުން ދުޝްމަނެއްގެ މަނަވަރެއް ފައްތާލި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ހަމަލާތައް އީރާނުގެ އެތެރޭގެ މުހިންމު މަރުކަޒުތަކަށް އަމާޒުކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް އޭނާ ވަނީ ދެއްވާފައެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް