ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަދި މިހާރު ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރުހާދު ފިކުރީ އަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ސާބިތު ނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ފަރުހާދު ފިކުރީ އަށް ކުރެވެނީ ދަރިފުޅަށް ތުހުމަތުކުރި މައްސަލަތަކެެއްގެ ހެކި ނައްތާލަން އުޅުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފި ކަމުގެ ތުހުމަތެވެ.
ރައީސް އޮފީހުގައި މިއަދު އިހުސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން، އެ މައްސަލަތައް ބަލާފައިވާ ކަމަށެވެ. އަދި ތުހުމަތުތައް ސާބިތުވެގެން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އެ މައްސަލަތައް ތަހުގީގުކޮށް ބެލި އެ މައްސަލަތަކަކީ [ފަރުހާދުގެ] މައްޗަށް ސާބިތުނުވާ މައްސަލަތަކެއް ކަމަށް ވަނީ ކަނޑައަޅާފައި،" އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ ވާހަކަފުޅުގައި ވަކި ބޭފުޅެއް ބެލުމެއް ނެތި، އެއްވެސް ތުހުމަތެއް ކުރެވިއްޖެ ނަމަ އެ ތުހުމަތެއް ބަލާ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އަޅާނެ ކަމުގެ ޔަގީންކަން ދެއްވަވާފައެވެ. ނަމަވެސް ފިޔަވަޅު އަޅަން ނުޖެހޭނަމަ ބޭއިންސާފުން އެއްވެސް މީހަކަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފަރުހާދަށް ކޮށްފައިވާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެކެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ފަރުހާދުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ތުހުމަތުކުރި ރޭޕް އާއި ޖިންސީ ގޯނާގެ މައްސަލައެކެވެ. އަނެއް މައްސަލަ އަކީ ވެސްފަރުހާދުގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިއުމާއި ފުލުހަކަށް ހަމަލާ ދީފައިވާ މައްސަލައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ