ބޭސް ބޭނުން ކުރުމުގައި ނުވަތަ އެތެރެ ކުރުމުގައި ވެސް މުހިއްމީ އެ ބޭހެއް އުފައްދާ ތަނެއް ނުވަތަ ބައްރެއް ނޫން ކަމަށާއި މުހިއްމީ ބޭހުގެ ކޮލިޓީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ކޮލިޓީ ރަނގަޅު ބޭސް އިންޑިއާގައި ވެސް އުފައްދާ ކަމަށާއި ބަންގްލަދޭޝްގައި ވެސް އުފައްދާ ކަމަށެވެ. ރާއްޖޭގައި ބޭހުގެ ކޮލިޓީ ބަލާ މިންގަނޑުތަކެއް އަދި އުސޫލުތަކެއް ހުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޔޫރަޕަށް ގެންދާ ވަރަށް ގިނަ ބޭހަކީ އިންޑިއާގައި އުފައްދާ ބޭސް، ނޫނީ ޕާކިސްތާނު ނޫނީ އެހެން ތަންތަނުގައި އުފައްދާ ބޭސް. މީގައި މުހިންމީ އުފައްދާ ތަނެއް، އުފައްދާ ގައުމެއް ނޫން ކަންނޭނގެ، އޭގެ ކޮލިޓީ ކަށަވަރު ކުރެވޭ، ރަނގަޅު ބޭސް އަޅުގަނޑުމެންނަށް ލިބޭނެކަން ކަށަވަރުކުރުން،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ވަކި ސަރަހައްދަކަށް ބޭސް ގެނައުމުގައި ފޯކަސް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފޯކަސްއަކީ ރައްޔިތުންނަށް ކޮލިޓީ ކަށަވަރުކުރެވޭ، ކޮލިޓީ ކޮމްޕްރޮމައިޒްނުކުރެވޭ، ބޭސް ފޯޜުކޮށްދިނުމުގެ ނިޒާމް،" އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
އުފައްދާ ބައްރުން ކޮމިޓީއަށް ބަދަލު އާދޭ ބްރަދަރ
ހަނރުގަ