ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ޣާލިބަށް ތާއީދު ކުރައްވާ ކަމަށް އެއްވެސް މީހެއްގެ ގާތުގައި ބުނެފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޣާލިބު މިފަދައިން ވިދާޅުވީ މިއަދު ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޣާލިބަށް ރައީސް މުއިއްޒުގެ ތާއީދު އޮތް ކަމަށް ބުނެ ވާހަކަ ދައްކާކަން އެނގިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް އެމްޑީޕީގެ ޓިކެޓުގައި ހުންނެވި ބޭފުޅަކަށް ވިޔަސް އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ޣާލިބް ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ ގާތުގައި އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
"ރައީސް އަޅުގަނޑަށް ތާޢީދުކުރާ ކަމަށް ބުނެފައެއް ނޯންނާނެ. އަދި ނުވެސް ބުނާނަން. އަޅުގަނޑު މި ހުރީ އިދިކޮޅު ޕާޓީގައި. އިދިކޮޅު ޕާޓީ ކެންޑިޑޭޓަށް ގައުމުގެ ރައީސް ތާއީދުކުރާ ކަމަށް ބުނެގެން ކަމެއް ހާސިލްކުރަން އުޅޭނެ މޮޔައެއް ނޫން އަޅުގަނޑަކީ،" ޣާލިބް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް