މަސް މާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ބިމުގައި ޒަމާނީ އާ މާރުކޭޓެއް އެޅުމަށް ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ނަމުގައި ތަރައްގީ ކުރާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. އަދި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުލް ހާދީއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަގަކީ 126.35 މިލިއަން ރުފިޔާ ކަމަށެވެ. އެ މަޝްރޫއު 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ޕާކިން ގްރައުންޑް ފްލޯއަކާއި މަސް މާރުކޭޓަކާއި ވެޖިޓަބަލް މާރުކޭޓަކާއި ފުޑް ކޯޓެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ