ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެ ނަމަ ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށެވެ. އަދި ވިދާޅުވީ ޕެޓްރޯލް ލީޓަރެއްގެ އަގު 28 ރުފިޔާ އަށް އަރާފައިވާ ކަމަށާއި ދެން ފެންނާނީ ދަތުރުފަތުރުގެ އަގު ބޮޑުވެގެން ދާތަން ކަމަށެވެ.
"ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެ ނަމަ ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކަމުން އަންނަ އަގު ބޮޑު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާއިގެ އަސަރު ރާއްޖެއަށްކޮށް، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ފަސްވަނަ ދުވަހު ވަނީ ބޮޑު ކޮށްފައެވެ.
އެ ދުވަހު އެސްޓީއޯ އިން ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލްގެ މިހާރުގެ އަގަކީ 16.01 ރުފިޔާ ކަމަށެވެ. ކުރިން ވިއްކި އަގަކީ 13.50 ރުފިޔާއެވެ. ޑީސަލް ކުރިން ވިއްކަމުން ދިޔައީ 13.92 ރުފިޔާ އަށެވެ. މިހާރު އެސްޓީއޯ އިން ޑީސަލް ވިއްކާ އަގަކީ 17.54 ރުފިޔާއެވެ.
ކުޅުދުއްފުށީގައި އަމިއްލަ ވިޔަފާރިތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.30 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 15.19 ރުފިޔާއަށެވެ. އައްޑޫގައި ވެސް ވިއްކަމުން ގެންދަނީ 29 ރުފިޔާއަށެވެ. މި ތަންތަނުގައި ޕެޓްރޯލާއި ޑީސަލް ވިއްކަމުން އަންނަނީ އަމިއްލަ ވިޔަފާރިތަކުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ