އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށާއި ފެރީ ދުއްވާ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން މިގޮތަށް ހާމަކުރީ، މެދުއިރުމަތީގެ މަސްރަހު ގޯސްވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުމަށްފަހު އެ ނިންމުން ބަދަލުކޮށް ނެރުނު ބަޔާނެއްގައެވެ. އެ ކުންފުނިން ބުނި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ހިންގާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ދެމިއޮންނާނެއެވެ.
އެސްޓީއޯގެ ބަޔާނުގައިވާ ގޮތުން، މާލެ ސަރަހައްދުގެ އެފްއެސްއެމް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އާންމު ރައްޔިތުންނަށް މާލީ ބުރައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
ކުޅުދުއްފުށީގައި އަމިއްލަ ވިޔަފާރިތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.30 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 15.19 ރުފިޔާއަށެވެ. އައްޑޫގައި ވެސް ވިއްކަމުން ގެންދަނީ 29 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީ މި މަހުގެ ކުރީކޮޅު އަގަށް ގެނައި ބަދަލަށްފަހު، އިތުރު ބަދަލެއް އަދި ގެނެސްފައެއް ނުވެއެވެ. އެހެންކަމުން، މިހާރުވެސް މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ