ގިރާވަރުފަޅުގެ ބިން އަންނަ އޭޕްރީލް މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮސްފައިވާ ހިސާބު ހިއްސާ ކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭޕްރިލް މަހު ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށެވެ.
"ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އެތަނުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ