ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިމާރާތްކުރާ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ފަށައިފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ. އެ ކުންފުނިން އެ މަސައްކަތް 2028ވަނަ އަހަރުގެ މެދު ތެރޭގައި ނިންމަންޖެހެއެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ފެށިއިރު އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފްލެޓުތައް އެޅުމުގެ މަސައްކަތް ޗައިނާގެ އިތުރު ކުންފުންޏަކާއި ވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެވެ. މީގެއިތުރުން ބައެއް ފްލެޓުތައް އެޅުމަށް ދިވެހި ކުންފުނިތަކަށް ވެސް ހަވާލުކޮށްފައިވެއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް