މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އެމެރިކާގެ މަންދޫބާއެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ބެހޭ އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަޔާންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އިޒްރޭލު ފިޔަވައި އެހެން ކޮންމެ ގައުމެއްގެ އިސްވެރިއަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ދަންނަވާނެ ކަމަށާއި، އެ ގައުމުތަކާއެކު ރާއްޖެއިން ގުޅުން ދަމަހައްޓާނެ ކަމަށެވެ. އެމެރިކާގެ ފަރާތުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގަތީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި މިއަދު މެންދުރުފަހު ރައީސް މުއިއްޒު އޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމެރިކާ ފަދަ ގައުމެއްގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެދުމުން އެ ފުރުސަތު ނުދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދައްކަން ބޭނުންވާ ވާހަކަތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ހަނގުރާމައެއްގެ ބޭނުމަށް ބޭނުންކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކުރެވޭ އެއްވެސް ހަނގުރާމައަކަށް ރާއްޖޭގެ ބިމާއި ވައިގެ ސަރަހައްދު ދޫނުކުރައްވާނެ ކަމަށް ވިދާޅުވަމުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި ބައެއް ގައުމުތަކުން ދެމުންދާ ހަމަލާތަކަށް ރައީސް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އީރާނުން ހަމަލާދޭންވާނީ ސީދާ އިޒްރޭލަށެވެ.
އަރަބި މުސްލިމް ގައުމުތަކަށް ހަމަލާދިނުމުން އޭގެ ގެއްލުން ލިބެނީ މުސްލިމުންނަށް ކަމަށްވާތީ، އިޒްރޭލަށް އަމާޒުކޮށް ހަމަލާދިނުމަށް އެމަނިކުފާނު ތާއީދުކުރެއްވިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ސާޖިއޯގެ މި ދަތުރުފުޅަކީ މާދަމާގެ ނިޔަލަށް ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް