އާ ވަޒީފާތަކަށް މުވައްޒަފުން ނެގުން މިވަގުތަށް މަޑުޖައްސާލަން ބައެއް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ކޮންމެހެން ނަގަން ޖެހިގެން ނޫނީ އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގާފައިވާ ކަމަށެވެ.
"މިއަދު ވެސް ބައެއް ޕްރޮޖެކްޓްތަކަށް ބައެއް ވަޒީފާތަކަށް މީހުން ނަގަން ބޭނުން ވެގެން ބައެއް ކުންފުނިތަކުން ގުޅީމާ ވެސް އަޅުގަނޑު ބުނިން، އިހަށް މަޑު ކުރާށޭ، އިހަށް މަޑު ކުރާށޭ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މިވަގުތ ހުރި މާލީ ހުރަސްތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އިރުޝާދު ދެއްވަވާފައި ވަނީ އެފަދައިން ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރަށް ސަރުކާރުން ކުރާ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ