މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ރިސޯޓުތަކަށް ލިބެމުން އަންނަ ދަތިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެކަމުން ކުރާ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ކޮމެޓީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކަށާއި އަދި ހިންގަމުން އަންނަ ރިސޯޓުތަކަށް ވެސް ހަނގުރާމައާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާ ވާހަކަދައްކައިގެން، އަޅުގަނޑުމެން މި ދަނީ ބީއެމްއެލްއާއެކު އެހެން ރިސޯޓްތަކުގެ އޮޕަރޭޝަންސްއަށް ދަތިވާ ފަރާތްތަަކަށް އެ ބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީތައް ފޯރުކޮށްދޭން ބީއެމްއެލް އިން ތައްޔާރަށް ތިބީ،" މިނިސްޓަރު ތާރިގް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު މި މަހު ރާއްޖެއަށް ވަނީ 143،000 ޓޫރިސްޓުން އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އެ އަދަދަކީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތަކެއް ވިޒިޓް މޯލްޑިވްސްއާއެކު ކުރަމުންދާ ކަމަށާއި އެގޮތުން އެ ކުންފުނިން މި ހަފްތާ ތެރޭގައި ވަރަށް މުުހިންމު މަސައްކަތްތަކެއް ކުރަން ފަށާނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އިންޑިއާ އާއި އާޝިއާން މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެ ގޮތަށް ޑިޖިޓަލް ކެމްޕެއިނެއް މިހަފްތާގައި ފެއްޓިގެންދާނެ،" ތާރިގް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަނގުރާމައާ ގުޅިގެން މިހާތަނަށް 496 ފްލައިޓެއް ކެންސަލްވެފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ